Sunday, May 22, 2011

ދިވެހިބަސް މަރުވިޔަނުދީ ދިރިދަމަހައްޓަންވީ ކީއްވެ؟ The Importance of Dhivehi

ދިވެހިބަސް މަރުވިޔަނުދީ ދިރިދަމަހައްޓަންވީ ކީއްވެ؟ އަދި ދިވެހިބަސް ދިރިދަމަހައްޓާނީ ކިހިނެތް؟

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

     ދިވެހިބަހަކީ ދިވެހީންނޭ ކިޔާ ބަޔަކު ދުނިޔޭގައި އުޅެން ފެށީއްސުރެ އެމީހުން ވާހަކަދައްކާ އުޅޭ ބަހެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ބައެއް ލަފުޒުތައް ބަދަލުވަމުންދިޔަ ނަމަވެސް އޭރުވެސް މިހާރުވެސް ދިވެހިން ވާހަކަދެއްކުމަށާއި ލިޔެކިޔައި އުޅޭ ބަހަކީ ދިވެހިބަހެވެ. އެހެނީ ތާރީޚުގެ އެންމެ އެވޭލާ ފަތްފުށްތައް ލިޔެވިފައިވަނީ ދިވެހިބަހުންނެވެ. ހަމައެހެންމެ ތާރީޚު ހެކިދޭގޮތުގައި އެންމެ އިހުއްސުރެވެސް ދިވެހިން މޮށެއުޅުމަށް ބޭނުންކުރި ބަހަކީވެސް ދިވެހިބަހެވެ. ވީމާ ދިވެހިބަސް ރައްކައުތެރިކޮށް ކުރިމަގުގެ ޖީލުތަކަށް ހެޔޮގޮތުގައި ފޯރުކޮށްދިނުމަކީ މިއަދުގެ ދިވެހީންގެ ކޮނޑުގައި އެޅިފައިވާ ވާޖިބަކަށް ނޫނީ ނުވާނެއެވެ. އެއީ ދިވެހިބަހަކީ ދިވެހީންގެ އަމިއްލަ ބަހަކަށް ވާތީއެވެ. ދިވެހިންގެ "އައިޑެންޓީޓީ" އަކަށް ވާތީއެވެ. އަދި ދިވެހީންގެ ފަޚުރާއި ހަމަޖެހުމަށް ވާތީއެވެ.

Sunday, May 1, 2011

ދިވެހި އަކުރު Dhivehi letters

ދިވެހި ލިޔުމަށް ބޭނުންކުރެވޭ އަކުރު 
ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ
    
     ދިވެހިބަސް އުފެދި ކުރިއަރައިގެން އައިގޮތުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު އެބަސް އުފެދުމުގެ އެންމެ މުހިންމު އެއް ސަބަބެއް ކަމުގައި ދިވެހި އަކުރުވުން އެކަށީގެންވެއެވެ. ސަބަބަކީ މިހާރު އަޅުގަނޑުމެން އަމިއްލަ އަކުރެއް ބޭނުންކޮށްގެން ލިޔެކިޔަމުން ގެންދިޔަނަމަވެސް ދިވެހިންގެ ލިޔެކިޔުމުގައި ބޭރުގެ އަކުރު ބޭނުންކުރިކަން ސާބިތުވެއެވެ. ނަމަވެސް ފަހުން ދިވެހި ބަހެކޭ އެއްގޮތަށް ދިވެހި އަކުރުވެސް މިނިވަން އަމިއްލަ އަކުރަކަށްވީއެވެ.

އެވޭލާއަކުރާއި ދިވެސްއަކުރުގައި ހުރި އެއްގޮތް ސިފަތައް Similarity of Eveyla & Dhives Letter

ދިވެހިންގެ ލިޔެކިޔުމުގައި ބޭނުންކުރެވުނު އެވޭލާއަކުރާއި ދިވެސްއަކުރުގައި ހުރި އެއްގޮތް ސިފަތައް

     އެވޭލާއަކުރަކީ ދިވެހީންގެ ލިޔެކިޔުމުގައި އެންމެ ފުރަތަމަ ބެނުންކުރެވުނު އަކުރެވެ. ދިވެހިބަހާބެހޭ ހޯދުންތައް ހޯއްދަވާ ހުރިހާ ފަރާތްތަކަކުން ދިވެހިންގެ ފުރަތަމަ އަކުރުކަމަށް އިއްތިފާގުވާ، މިއަކުރަކީ މީލާދީން 12ވަނަ ޤަރުނުގެ ތެރޭގައި ބޭނުންކުރެވުނު އަކުރެއް ކަމުގައި މުޙައްމަދު އިބްރާހީމް ލުޠުފީ (1983) އާއި ޑިސިލްވަރ (1992) އާއި ނަސީމާ މުޙައްމަދު (1998) އަދި ޙަސަން ޙަމީދު (2009) ހާމަކުރައްވައެވެ. އެވޭލާ އަކުރުގެ ސިފަޔާއި އަކުރުތަކުގެ އަޑުގައި ތަމަޅަ އާއި މަލިޔާޅަމް ލިޔުމަށް ބޭނުންކުރެވުނު ވައްޓަލެއްޓު އަކުރާއި އެވޭލާ ޒަމާނުގައި ލަންކާގައި ބޭނުންކުރެވުނު އޭލޫ އަކުރާއި ވައްތަރު، އެއްގޮތް ކަމެއްވެއެވެ. ނަސީމާ މުޙައްމަދު (1998) ހާމަކުރައްވާ ގޮތުގައި މިއެއްގޮތްކަން ހުރުމުގެ ސަބަބަކީ މި ތިން އަކުރަކީވެސް ބްރަހަމީ އަކުރުން އުފެދުނު އަކުރުކަމުގައިވުމެވެ. އެހެންކަމުން އެވޭލާ އަކުރުގެ އަސްލަކީ ބްރަހަމީ އަކުރުކަމަށް ބެލެވެއެވެ.

ދިވެހި ލިޔުންތެރިކަމުގެ ދައުރުތަކުގައި ހުރި ބައެއް ތަފާތުތައް

ދިވެހި ލިޔުންތެރިކަމުގެ ދައުރުތަކުގައި ހުރި ބައެއް ތަފާތުތައް

     ދިރާސާތަކުން ހާމަވާ ގޮތުން ފަންސަވީސް ޤަރުނުގެ ފަޚްރުވެރި ދިގު ތާރީޚެއް ލިބިފައިވާ އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ ރަށްވެހީން މިދީބަށް ނޭވާލީ ހިނދުން ފެށިގެންވެސް ބަށްމޮށެ އުޅޭނެކަމީ މުޖައްރިބު ކަމެކެވެ. ހަމަ މިބީދައިން ކޮންމެވެސް ސިފައެއްގައި ލިޔެކިއުންވެސް ގެންގުޅޭނެކަމީވެސް ކަށަވަރު ކަމެކެވެ. އަޅުގަނޑުމެންނާ ހަމައަށް ފުރިހަމައަށް އަދި ނުފޯރާ ތާރީޚި ސަފްޙާތަކާއި އަޅުގަނޑުމެންނަށް ފެނުމުގެ ނަސީބު ލިބިފައިވާ ފަތްފުށްތަކުގެ އެހީގައި ޒަމާންވީ ބަހުގެ ޢިލްމީ ތަރަހަތައް ޤާއިމްކުރެވިފައިވާ ހަމަތަކާއި ބަހުގެ އަދަބިއްޔާތައިމެދު އުފަލުން ހިނިތުން ނުވެވޭވަރެއްނޫނެވެ. އަދި ހަމަ އެކިދުވަސްވަރު ބަހުގެ އަދަބިއްޔާތަށް އައިސްފައިވާ ދިރުމާ ކުރިއެރުމަކީވެސް ވަކިން ސަހަލު ކަމެއްނޫނެވެ.