Sunday, March 10, 2013

ކްލާސްރޫމްތަކުގައި ދަރިވަރުން ބެލެހެއްޓުން Classroom Management


ވިލިއަމް ގްލޭޒާ (1965، 1977، 1986)ގެ ރިއަލިޓީ ތެރަޕީ
މިތިއަރީ އެހީތެރިވެދެނީ ދަރިވަރަށް ކުރެވޭ ކުށްތައް އޭނާ އަމިއްލައަށް ރަގަޅުކުރުމަށެވެ. ވިލިއަމް ޤަބޫލުކުރާގޮތުގައި ދަރިވަރަކު ރަގަޅުވުމާއި ނުވުމުގެ ފުރިހަމަ އިޚްތިޔާރު އެދަރިވަރަކަށް ލިބިގެންވެއެވެ. އޭގެ ހެއްކަކީ ސްކޫލަށް ފުރަތަމަ ދުވަހު އަންނައިރަށްވެސް އެތަނެއްގައި އުޅޭ ރަގަޅު ކުދީން ފާހަގަކުރާން މުދައްރިސަށް އެނގުންކަމަށް ވިލިއަމް ބުނެއެވެ.
މުދައްރިސެއްގެ ދައުރަކީ ދަރިވަރަުގެ ކިބައިގައި ރަގަޅު އުޅުމާއި އަޚްލާޤް އަށަގެންނެވުމަށް އެހީތެރިވުމަވެ. އަދި ރަގަޅުގޮތްތައް ބުނެދީ އެކަމަށް ދަރިވަރު ލެއްބުވުމެވެ. މިކަން ރަގަޅުގޮތުގައި ކުރެވިއްޖެނަމަ ދަރިވަރު އަމިއްލައަށް އެދަރިވަރަކު ބޭނުންވާ ކަންކަން ހާޞިލްކުރުމުގައި ކުށެއްނުކޮށް އެކަމެއް ކުރެވިދާނެ ރަގަޅުގޮތްތައް ދެނެގަނެއެވެ. ދަރިވަރުން މިގޮތަށް ހޭނުވޭނީ ދަރިވަރުންނަށް ހިތްވަރު ދިނުމާއެކު، ދަރިވަރުކުރާ ރަގަޅުކަންކަމަށް ހިތްވަރުދީ މުދައްރިސުން ނަމޫނާ ދައްކައިގެންނެވެ.

Sunday, September 16, 2012

ރޯމަން ލެންގުއޭޖް Roman Language


ރޯމަން ލެންގުއޭޖް

      ލެޓިންބަހަކީ ބީ.ސީން (މީލާދުގެ ކުރިން) ފުރަތަމަ ޤަރުގެ ތެރޭގައި އިޓަލީގެ ލެޓިއަމްގައި ވަޒަންވެރިވެގެން އުޅުނު މަދު މީސްކޮޅެއްގެ ބަޔަކު ވާހަކަދެއްކުމަށް ބޭނުންކުރި ބަހެކެވެ.  ލެޓިއަމްއޭ ކިޔެނީ އިޓަލީގެ ހުނޅަގު ބިތަށެވެ. އޭގެފަހުން އައި ޒަމާނެއްގައި މިބަސް ފުޅާވެ، ޤަދީމީ ރޯމަނުންގެ ރަސްމީ ބަހަށް މިބަސް ބަދަލުވިއެވެ. ލެޓިން ބަސް ތަރައްޤީވުމަށްފަހު ރޯމަންސް ބަހުގެ ގޮތުގައި އެބަސް ބޭނުން ކުރެވެން ފެށިއެވެ. ފުރަތަމަ ބަހުގެ ގޮތުގައި ރޯމަންސް ބަސް ބޭނުންކުރީ ރޯމަނުންނާއި ރޯމަނުންގެ ބާރުގެދަށުގައިވާ ޤައުމުތަކުގެ އަހުލުވެރިންނެވެ. އޭގެ ތެރޭގައި އިޓަލީ، ފްރާންސް، ސްޕޭން ޕޯޗުގީޒް އަދި ރޮމޭނިކާ ހިމެނެއެވެ. ރޯމަން އެމްޕެޔަރ ކުރިއަރައި، އެބައިމީހުންގެ ސިޔާސީ ނުފޫޒު ދުނިޔޭގެ ބޮޑުބަޔަކަށް ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ލެޓިން ނުވަތަ ރޯމަންސް ބަހަކީ ވަރަށް އާންމު، އެންމެންހެން ދަންނަ ބަހަކަށްވިއެވެ.
     ރޯމަންސް ބަހުން ވާހަކަދެއްކުމުގައި ދެގޮތެއް (ދެބަހުރުވައެއް) ގެންގުޅެއެވެ. ފުރަތަމަ ގޮތަށް ކިޔަނީ "ކްލެސިކަލް" އެވެ. މިގޮތަކީ ތަޢުލީމީ ނުވަތަ ޤަދަރުވެރިން ވާހަކަދެއްކުމުގައި ބޭނުންކުރާ ގޮތެވެ. ދިވެހިބަހުގެ އުޞޫލުތަކުން ބަލާނަމަ މިއީ މާތް ބަހުރުވައިން ވާހަކަދެއްކުމޭ ބުނެވިދާނެއެވެ. ދެވަނަ ގޮތަށް ކިޔަނީ "ވެނެކިއުލަރ" އެވެ. މިގޮތަކީ ޢާންމުގެ ވާހަކަދެއްކުމުގައި ބޭނުން ކުރާގޮތެވެ. ދިވެހިބަހުގެ އުޞޫލުތަކަށް ފައްތާނަމަ ޢާންމު ބަހުރުވައިން ވާހަކަދެއްކުމެވެ.
     ވެނެކިއުލަރ ނުވަތަ ވުލްގަރ ލެޓިން ބަހުރުވައިގެ ސަބަބުން ރޯމަންސް ބަސް ޢާންމުވުމަށް މަގުފަހިވިއެވެ. އެހެނީ ރޯމަންއެމްޕެއަރގެ ހުކޫމަތު ދުނިޔޭގެ ބޮޑުބަޔަކަށް ހިގަމުންދިޔުމުގެ ސަބަބުން ނުސީދާކޮށް ރޯމަންސް ބަސް ދަސްކުރުމަށް ގިނަ ބަޔަކަށް މަޖުބޫރުވެގެން ދިޔައެވެ. މިގޮތަށް ބަސް ދަސްވި ގިނަމީހުންނަށް އަދި ގިނަ ޤައުމުތަކަށް ޢާންމުވެގެން ދިޔައީ ވެނެކިއުލަރ ބަހުރުވައެވެ. ކޮންމެއަކަސް މީލާދީން 12 ވަނަ ޤަރުނު ފެށުނުއިރު ހުނޅަގު ޔޫރަޕުގެ ބޮޑުބައެއްގައި ބޭނުންކުރެވޭ ބަހަކަށް މިބަސްވެގެން ދިޔައެވެ. މިގޮތަށް މިބަހުރުވަ ފެތުރުނު ކަމުގައިވިއަސް، ބަހުގެ ޠަބީއަތާއި އެއްގޮތަށް އެކިސަރަހަށްދަށް މިބަސް ފެތުރިގެންދިޔައިރު ތަފާތު އިތުރު ބަހުރުވަތަކެއް އުފަންވެގެން ދިޔައެވެ.
     ލެޓިން ބަސް ފުޅާވުމުގައި އުފެދު ބަހުރުވަތައް ފަހުން ބަދަލުވީ އެކި އެކި ޤައުމުތަކުގެ ބަހަށެވެ. އެހެންކަމުން އެކޮންމެ ބަހުރުވައެއްވެސް ކުރިއަރައި ބަހަކަށްވެގެން ދިޔަގޮތުގެ އަމިއްލަ ތާރީޚެއް އިބައޮތެވެ. އޭގެ ތެރޭގައި އެބަހުރުވައެއްގެ ލިޔުމުގެ ވައްޓަފާޅިއާއި، ޤަވާޢިދާއި، ބަހުގެ އަޑުތަކާއި އަދި ލަފުޒުތައް ކަހަލަ ކަންކަން ކުރިއަރައި ތަރައްޤީވިގޮތްވެސް ހިމެނެއެވެ. އަދި އެންމެ ފަހުން މިހާރު އެބަހުރުވަތައް ބަސްތަކަކަށްވެ މިހާރު އެބަސްތައް ބައްޓަންކުރެވިފައިވާގޮތްވެސް ހިމެނެއެވެ. ރޯމަންސް ނުވަތަ ލެޓިން ބަހުން އުފެދު ބަހުރުވަތައްވެސް، ބަސް، ބަހަށް ވެގެންދިޔައީއެވެ. އެބަސްތަކުގެ ތާރީޚުން އެކަން ފެންނާން އިބައޮތެވެ. އޭގެ ތެރޭގައި ފްރެޗް ބަހާއި، ޕޯޗްގީޒް ބަހާއި އިޓަލީ ބަސްފަދަ ބަސްތައް ހިމެނެއެވެ. 
 

Thursday, August 2, 2012


ބަހެއްގެ މޭޖަރ ޕްރޮޕަޓީސްތައް ދެނެގަތުމަށް ރަނގަޅީ ލިންގުއިސްޓުން ޖުމުލަ ހަދައިގެން އެނަލައިޒްކުރުމުގެ ބަދަލުގައި ކޮންވަޒޭޝަނަލް އެނަލިސީސްއެއް ހެދުމެވެ.

ޢަބްދުﷲ ޢިމްރާން

ތަޢާރަފު

އިންސާނުން ވާހަކަދައްކާ ބަސް ދިރާސާކުރުމުގެ މަސައްކަތަކީ ވަރަށް އެވޭލާ ޒަމާނުއްސުރެ އެކި ސިފަ ސިފައިގައި ކުރެވެމުން އަންނަ މަސައްކަތެކެވެ. މިގޮތަށް ބަހުގެ ކަންކަން ހޯދާ ބެލުމުގައި އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ ބަހުގެ މައިގަނޑު ބައިތައް ދެނެގަތުމަށް މަސައްކަތް ކުރުމެވެ. އެއަށްފަހު މިމަސައްކަތްތައް ފުޅާވެ ބަސް ބޭނުންކުރެވޭ ތަފާތު ގޮތްތަކާއި، ވާހަކަދެއްކުމުގެ ބޭނުމާއި، ބަހުގެ މުހިންމުކަމާމެދު ލިންގްއިސްޓުން ވިސްނައި އެކަންކަން ތަހުލީލުކުރާން ފެށިއެވެ. ބަހުގެ މިކަހަލަ ކަންކަން ދެނެގަތުމުގައި އެންމެ ފުރަތަމަ ކަންކުރެވުނު އުޞޫލަކީ ޖުމުލަ ހަދައިގެން އެނަލިސިސް ހެދުންކަމަށްވިއަސް ފަހުފަހުން އައިސް މިއުޞޫލު ބަދަލުވެ، ޑިސްކޯސް އެނަލިސިސްއާއި ކޮންވަޒޭޝަނަލް އެނަލިސިސްފަދަ ގޮތްތައް ތަޢާރަފުވިއެވެ.

ދިވެހިބަހުގައި ޕޯސްޓް ޕޮޒިޝަން Post position in Dhivehi script


ދިވެހިބަހުގައި ޕޯސްޓް ޕޮޒިޝަން
ތަޢާރަފު
މިދުނިޔޭގައި ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތަކުގެ މެދުގައި ވަކިކުރަން އުދަގޫ އެއްގޮތްކަންތައްތަކެއް ނުވަތަ އެއްބަސް އަނެއްބަހާ އެއްގޮތް ސިފަތަކެއްވެއެވެ. އެގޮތުން ބަސްތަކުގައި ޕްރީޕޮޒިޝަން ނުވަތަ ޕޯސްޓްޕޮޒިޝަނާއި ކަންބަޔާންކުރާ ލަފުޒު ނުވަތަ ޕޮޒިޝަންބުނެދޭ ކްލޯސްތައް ވަރަށް އެއްގޮތެވެ. ނަމަވެސް ޢާންމުކޮށް ކްލޯޒެއްގެ ފަހަތަށް "ކަމެއް" އަންނަ ބަސްތަކަކީ ޕޯސްޓްޕޮޒިޝަން ބަސްބަސްކަމަށްބެލެވެއެވެ. މިފަދަ ބައެއް ބަސްތަކަކީ ޕަންޖާބީ، ޓާކިޝް އަދި ޖަޕަނީޒްބަހެވެ. އަދިހަމަ ކްލޯޒްގެ ކުރިއަށް "ކަމެއް" އަންނަ ބަހެއްނަމަ އެބަހެއްވާނީ ޕްރީޕޮޒިޝަން ބަހެކަށްކަމަށް ބެލެވެއެވެ. މީގެތެރޭގައި ވެލްސް، ޓަގަލޮގް، އަދި ކްލެސިކް އަރަބިބަސް ހިމެނެއެވެ. ކްލޭސިކް ލެޓިންބަހަކީ ކްލޯޒްގެ ފަހަތަށް "ކަން" އަންނަ ބަހެއްކަމަށްވިޔަސް އެބަހަކީ ޕްރީޕޮޒިޝަން ބަހެއްކަމަށް ބެލެވެއެވެ.

Wednesday, May 30, 2012

ހިއްޕޮކްރޭޓްސް "ޒަމާނީ ބޭސްވެރިކަމުގެ ބައްޕަ" Hippocrates

ހިއްޕޮކްރޭޓްސް "ޒަމާނީ ބޭސްވެރިކަމުގެ ބައްޕަ"  Hippocrates
    
      ހިއްޕޮކްރޭޓްސް އުފަންވީ މީލާދުގެ 460 އަހަރުކުރިން ކްރީކްގެ ކޮސްއަށެވެ. އެޒަމާނުގައި އިންސާނުން ގަބޫލުކުރަމުން ދިޔައީ ބަލިޖެހެނީ ރޫހާނީ ބާރުތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ހިއްޕޮކްރޭޓްސް މިކަމާދެކޮޅަށް ވަކާލާތުކުރައްވައި ޒަމާނީ ބޭސްފަރުވާ ތަޢާރަފު ކުރެއްވިއެވެ. އަދި ބަލިޖެހޭ މީހާގެ ވަކިވަކި ގުނަވަންތަކަށް ފަރުވާކުރުމުގެ ބަދަލު މުޅި ހަށިގަނޑަށް ފަރުވާކުރާންޖެހޭ ކަމަށް ވަކާލާތު ކުރެއްވާން ފެއްޓެވިއެވެ. އަދި އެކަން ޢަމަލީގޮތުން ކުރެއްވެވިއެވެ. މީގެއިތުރުން ރަގަޅު ސިއްހަތުގައި ދިރިހިރުމަށްޓަކައި ސާފުވަޔާއި، ކަސްރަތާއި، އަރާމުކުރުމާއި އަދި ސާފުތާހިރުކަމަށް ލޯބިކުރާންޖެހޭކަމަށް އޭނާ އެހެން މީސްތަކުންނަށް ވިސްނުވައިދިނެވެ.

Tuesday, May 29, 2012

ސައިމާ Hibiscus

   
ސައިމާ

     ސައިމަލުގެ އާއިލާގައި އެތައް ސަތޭކަ ވައްތަރެއްގެ އެކިކުލަތަކުގެ މައު ހިމެނެއެވެ.  ހޫނު ގަދަ ސަރަހައްދުތަކުގައި ހެދޭކަމަށް ފާހަގަކުރެވޭ މިގަހަކީ ނުވަތަ މިމަލަކީ ވަރަށް ގިނަ ބޭނުންތަކުގައި ބޭނުންކުރެވެމުންދާ އެއްޗެކެވެ. އެގޮތުން ކަރުދާސް އުފެއްދުމަށާއި ތަފާތު ބުއިންތަކާއި ކާނާތައް ތައްޔާރުކުމުގެ އިތުރުން ބައެއް ދީންތަކުގެ ރަމްޒެއްގެ ގޮތުގައިވެސް މިމައު ބޭނުންކުރެވެއެވެ. މިމަލުގެ އެކިބާވަތުގައި ނުވަތަ ކުލަތަކުގައި ޒައިޒުގެ ގޮތުން ތަފާތުތަކެއް ވެއެވެ. އަދި އެ އެކިސައިޒުގެ މައު ބޭނުންކުރެވެނީވެސް ތަފާތު އެކިކަންކަމަށް ޚާއްޞަ ކުރެވިގެންނެވެ. އެގޮތުން ސައިމަލުގެ ތެރެއިން އެންމެ ކުދިވައްތަރުގެ މައު ޢާންމުކޮށް ބޭނުންކުރެވެނީ ތަންތަން ޑެކެރޭޓްކުރުމަށެވެ. ދިވެހިރާއްޖޭގައިވެސް ސައިމާ ނުހުންނަ ޒަމާނެއް އައިކަން އެނގޭފަދަ ހަރުދަނާ އެނގުންތަކެއް ނެތެވެ. ނަމަވެސް ފަތުރުވެރިކަން ތަޢާރަފުވުމާއި ގުޅިގެން މީގެ އެކިބާވަތްތަކާއި ކުލަތައް ގިނަވެ، ޢާންމުވެފައިވާކަން ފާހަގަކުރެވެއެވެ. 

Monday, May 28, 2012

ދަރިފުޅުގެ އަޚްލާޤް ގޯސްވަނީ ކީއްވެ؟ Child behaviour

ޅަޒުވާން ދަރިފުޅުގެ އަޚްލާޤް ގޯސްވަނީ ކީއްވެ؟

ފެށުން:
     ފުރާވަރަކީ ކުޑަކުއްޖެއްގެ އުމުރުފުރާއިން ނެއްޓި ބޮޑު މީހެއްގެ އުމުރުފުރާއަށް ބަދަލުވަމުންދާ ދުވަސްވަރެވެ. އާދެ! 10 އަހަރާއި 19އަހަރާއި ދެމެދުގެ ދުވަސްވަރެވެ. މި އުމުރުފުރާ އަކީ ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. މި އުމުރުފުރާ ކަޑައްތު ކުރާއިރު ކޮންމެ ކުއްޖެއްގެ ވެސް ޖިސްމާއި ނަފްސަށް އަންނަ ބަދަލުތަކާ ގުޅިގެން ކުއްޖާގެ ވިސްނުމާއި އިހްސާސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ. މި އަންނަ ބަދަލުތަކާ ގުޅިގެން ގިނަ ކުދީންގެ އުޅުމަށް ބަދަލުތަކެއް އާދެއެވެ. މި ބަދަލުތައް އައުމަށް ތަފާތު ސަބަބުތައް ވެސް މެދުވެރިވެއެވެ.

ހުވަފެން "Huvafen" A story

ހުވަފެން

ހެނދުނު ހޭލެވުނީ ހިތް ނުތަނަސްވާ ކަހަލަ ހުވަފެނެއް ފެނިގެންނެވެ. އޭރު އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުންދެ އެވެ. ފެނުނު ހުވަފެނުގެ ސުންޕާކަމުން ކުލާހަށް ދާހިތްވެސް ކެނޑިއްޖެ އެވެ. އަނެއްކޮޅުން ވަރަށް ގަދަޔަށް ބޮލުގައިވެސް ރިއްސަ އެވެ. ނަމަވެސް އެހެން ހުރިހާކަމަކަށްވުރެންވެސް އިސްކަމެއް ދެވުނީ އަންހެނުންނަށް ފޯނުކުރުމަށެވެ. އެއީ އެފެނުނު ހުވެފުނުން ހިތަށް ވެރިވެފައިވާ ހާސްކަން ފިލުވާލާ ހިތްހަމަ ޖައްސާލުމަށް ބޭނުންވުމެވެ. ވާނީވެސް އެހެންތާ އެވެ. ދިރިއުޅުމުގެ ކަންކަމާ ބެހޭގޮތުން އެހެންމީހުންނާ ވާހަކަދައްކާ މަޝްވަރާކޮށް ހެދުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނެވެ.