Sunday, March 10, 2013

ކްލާސްރޫމްތަކުގައި ދަރިވަރުން ބެލެހެއްޓުން Classroom Management


ވިލިއަމް ގްލޭޒާ (1965، 1977، 1986)ގެ ރިއަލިޓީ ތެރަޕީ
މިތިއަރީ އެހީތެރިވެދެނީ ދަރިވަރަށް ކުރެވޭ ކުށްތައް އޭނާ އަމިއްލައަށް ރަގަޅުކުރުމަށެވެ. ވިލިއަމް ޤަބޫލުކުރާގޮތުގައި ދަރިވަރަކު ރަގަޅުވުމާއި ނުވުމުގެ ފުރިހަމަ އިޚްތިޔާރު އެދަރިވަރަކަށް ލިބިގެންވެއެވެ. އޭގެ ހެއްކަކީ ސްކޫލަށް ފުރަތަމަ ދުވަހު އަންނައިރަށްވެސް އެތަނެއްގައި އުޅޭ ރަގަޅު ކުދީން ފާހަގަކުރާން މުދައްރިސަށް އެނގުންކަމަށް ވިލިއަމް ބުނެއެވެ.
މުދައްރިސެއްގެ ދައުރަކީ ދަރިވަރަުގެ ކިބައިގައި ރަގަޅު އުޅުމާއި އަޚްލާޤް އަށަގެންނެވުމަށް އެހީތެރިވުމަވެ. އަދި ރަގަޅުގޮތްތައް ބުނެދީ އެކަމަށް ދަރިވަރު ލެއްބުވުމެވެ. މިކަން ރަގަޅުގޮތުގައި ކުރެވިއްޖެނަމަ ދަރިވަރު އަމިއްލައަށް އެދަރިވަރަކު ބޭނުންވާ ކަންކަން ހާޞިލްކުރުމުގައި ކުށެއްނުކޮށް އެކަމެއް ކުރެވިދާނެ ރަގަޅުގޮތްތައް ދެނެގަނެއެވެ. ދަރިވަރުން މިގޮތަށް ހޭނުވޭނީ ދަރިވަރުންނަށް ހިތްވަރު ދިނުމާއެކު، ދަރިވަރުކުރާ ރަގަޅުކަންކަމަށް ހިތްވަރުދީ މުދައްރިސުން ނަމޫނާ ދައްކައިގެންނެވެ.

ދަރިވަރު ކުށެއްކޮށްފިނަމަ ގިނަފަހަރަށް މުދައްރިސުންނަށް އަހާލެވެނީ "ކީއްތަ ތިކުރަނީ؟" މިހެނެވެ. ނަމަވެސް މިސުވާލުގެ ބަދަލުގައި ދަރިވަރު އެކަމެއް ކުރީ ކީއްވެތޯ އަހާނަމަ އެދިމާވި މައްސަލައަކަށް ހައްލު ހޯދަން ފަސޭހަވުމާއެކު، ދަރިވަރު އެކަމެއް ކުރިސަބަބު ދެނެގަނެވޭނެއެވެ. އެކަމަކަށް އިންސާފުވެރި އަދަބެއް ދިނުމަށް މަގުފަހިވާނެއެވެ. އަދި އެކުރެވުނު ކަމަކީ ސްކޫލު ޤަވާއިދާ ޚިލާފުކަމެއްކަން ނުވަތަ ނޫންކަން ދަރިވަރަށްވެސް އެނގުމަށް މަގުފަހިވާނެއެވެ.
ދަރިވަރަކަށް ގޯސްކަމެއް ކުރެވިއްޖެނަމަ އެދަރިވަރަކާއި ވަކިން މުދައްރިސް ބައްދަލުކޮށް ނަސޭހަތްދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ ނަސޭހަތްދީފިިނަމަ އެކުއްޖެގެ ގުޅުން އިތުރަށް ގޯސްވުމުގެ ފުރުޞަތު ކުޑަވާނެއެވެ. މިގޮތަށް ނަސޭހަތްދިނުމަށްފަހު އެފަދަކަމެއް ތަކުރާރުނުކުރާން ނުވަތަ ދަރިވަރުގެ އުޅުން ބަދަލުކުރާން ދަރިވަރު އެއްބަސްވެއްޖެނަމަ މުޅި މައްސަލައަށް ހައްލުލިބުމުގެ ފުރުޞަތު ބޮޑުވާނެއެވެ. މިގޮތަށް ދަރިވަރަކު އެއްބަސްވާކަންކަން އެދަރިވަރު ނުކުރާނަމަ އެކަމެއް އެއަށްވުރެ މަތީ ހަރުފަތަކަކަށް ގެންދެވިދާނެއެވެ. މިސާލަކަށް ލިޔުމުން ދަރިވަރުގެ ބަޔާނެއް ނެގުން ނޫނީ ބެލެނިވެރިޔާއާއެކު މުދައްރިސް ދަރިވަރާ ބައްދަލުކުރުންފަދަ ކަންކަން ކުރެވިދާނެއެވެ. ދެންވެސް ދަރިވަރުގެ އުޅުމަށް ބަދަލު ނާންނަނަމަ ސުޕަވައިޒަރަށް މައްސަލަ ހުށަހަޅައިގެން އިތުރު ހަރުފަތްތަކަކަށް އެކަންކަން ގެންދެވިދާނެއެވެ. (ބެލެނިވެރިޔާއާ ދަރިވަރު އަދި ސުޕަވައިޒަރު ބައްދަލުކުރުން، ޕްރިންސިޕަލްއާ ބައްދަލުކުރުން، ސަސްޕެންޑް ކުރުން، ސްކޫލުން ވަކިކުރުން)
ހަނދާނުގައި ބަހައްޓަންވީ އެއްކަމަކީ މިތިއަރީ ބުނެދެނީ މުދައްރިސުންގެ ޒިންމާއެއް ނޫންކަމެވެ. އަދިކިއެއްތަ ދަރިވަރުން ޒިންމާދާރުކުރެވޭނެ، ދަރިވަރުންގެ ޒިންމާތަކެވެ. ބައެއްފަހަރަށް ދަރިވަރުގެ އަމިއްލަ މައްސަަލަތަކާހެދި ނޫނީ ގޭތެރެއިން ދަރިވަރަށް ދިމާވާ މައްސަލަތުކުގެ ސަބަބުންވެސް ދަރިވަރުން ސްކޫލު ޤަވާޢިދަށް އިޚްތިރާމް ނުކުރާގޮތްވެއެވެ. އެހެންކަމުން މުދައްރިސުންގެ ދައުރަކީ ކުލާހުގައި އިންނަ ކޮންމެ ދަރިވަރަކީ ޒިންމާދާރު، އުފެއްދުންތެރި، ޢިލްމީ ދަރިވަރަކަށްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ވީމާ ދަރިވަރަށް އަދަބު ދިނުމުގެ ބަދަލުގައި މުދައްރިސުން ބޮޑަށް މަސައްކަތް ކުރަންވީ ކޮންމެ ދަރިވަރަކީވެސް އެދަރިވަރެއްގެ އަޚްލާޤީ މައްސަލަތަކަށް ޒިންމާވާ ދަރިވަރަކަށް ހެދޭތޯއެވެ.
އަޚްލާޤީ މައްސަލަތައް މަދުކުރެވޭނެ އެއްގޮތެއް ކަމަށް މިތިއަރީ ބުނަނީ ކުލާސް ބައްދަލުވުންތައް ބޭއްވުމެވެ. އެކަމަށްޓަކައި ކްލާހުގެ ހުރިހާ ދަރިވަރުން ވަށްބުރަކަށްވާނޭހެން ކައިރިިކައިރީގައި ތަރުތީބުކޮށްލާށެވެ. އަދި ކުލާހުގައި ދިމާވާ މައްސަލަތަކާއި ކުލާހުގެ ހާލަތާއިމެދުގައި ވާހަކަދައްކުވާށެވެ. މުދައްރިސްގެ ދައުރަކަށް ވާންވީ ދަރިވަރުންނަށް އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާއި ޚިލާލުތައް ދެއްވުމެވެ. މިފަދަ ބައްދަލުވުންތަކުގައި ހުރިހާ ދަރިވަރުން ބައިވެރިކުރުވާށެވެ. ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުން ކްލާސްރޫމް ޤަވާޢިދެއް އެކުލަވާލުމަށް މަގުފަހިކުރާށެވެ. ޤަވާޢިދަށް ޢަމަލުނުކުރާ ކުދީންނަށް ދޭނެ އަދަބެއްވެސް ދަރިވަރުންލައްވައި ކަނޑައަޅާށެވެ. އަދި ދަރިވަރުން ނިންމި ކަންކަން ތަންފީޒުވަނީ ކިހާވަރަކަށްކަން ދަރިވަރުން މެދުވެރިކޮށް ބެލުމަކީ ކޮންމެހެން ކުރަންވާނެކަމެކެވެ.  މިގޮތަށް އެކަށައެޅޭ ޤަވާޢިދުތައް ވާންވާނީ ވަރަށް ފަސޭހައިން ބަދަލުކުރެވޭ، ޢަމަލުކުރަން ފަސޭހަ، ވަޒަންކުރެވޭ ކަންކަމަށެވެ. އަދި ޙާލަތު ބަދަލުވެއްޖެނަމަ ޤަވާޢިދަށް ބަދަލުގެނައުމަށް ދަރިވަރުންނަށް އެހީތެރިވެ އެކަން ކުރުވިދާނެއެއެވެ.

No comments:

Post a Comment