ސައިމާ
ސައިމަލުގެ އާއިލާގައި އެތައް ސަތޭކަ ވައްތަރެއްގެ އެކިކުލަތަކުގެ މައު ހިމެނެއެވެ. ހޫނު ގަދަ ސަރަހައްދުތަކުގައި ހެދޭކަމަށް ފާހަގަކުރެވޭ މިގަހަކީ ނުވަތަ މިމަލަކީ ވަރަށް ގިނަ ބޭނުންތަކުގައި ބޭނުންކުރެވެމުންދާ އެއްޗެކެވެ. އެގޮތުން ކަރުދާސް
އުފެއްދުމަށާއި ތަފާތު ބުއިންތަކާއި
ކާނާތައް ތައްޔާރުކުމުގެ އިތުރުން ބައެއް ދީންތަކުގެ ރަމްޒެއްގެ ގޮތުގައިވެސް މިމައު ބޭނުންކުރެވެއެވެ.
މިމަލުގެ އެކިބާވަތުގައި ނުވަތަ
ކުލަތަކުގައި ޒައިޒުގެ ގޮތުން ތަފާތުތަކެއް ވެއެވެ. އަދި އެ އެކިސައިޒުގެ މައު ބޭނުންކުރެވެނީވެސް ތަފާތު އެކިކަންކަމަށް
ޚާއްޞަ ކުރެވިގެންނެވެ. އެގޮތުން ސައިމަލުގެ
ތެރެއިން އެންމެ ކުދިވައްތަރުގެ މައު ޢާންމުކޮށް ބޭނުންކުރެވެނީ ތަންތަން
ޑެކެރޭޓްކުރުމަށެވެ. ދިވެހިރާއްޖޭގައިވެސް ސައިމާ ނުހުންނަ ޒަމާނެއް އައިކަން އެނގޭފަދަ ހަރުދަނާ އެނގުންތަކެއް ނެތެވެ. ނަމަވެސް
ފަތުރުވެރިކަން ތަޢާރަފުވުމާއި ގުޅިގެން މީގެ
އެކިބާވަތްތަކާއި ކުލަތައް ގިނަވެ، ޢާންމުވެފައިވާކަން
ފާހަގަކުރެވެއެވެ.
No comments:
Post a Comment