އަލްއުސްތާޒު މުޙަންމަދު ޖަމީލް ދީދީ
އުސްތާޒުލްޖީލް އައްޝައިޚް އަލްއުސްތާޒް މުހަންމަދު ޖަމީލަކީ މާލޭ ބޮޑުގަލުގޭ މޫސާ ދީދީގެ ދަރިކަލުން ، މާފަންނު ދަރަވަންދޫގޭ ޢަބްދުﷲ ދީދީގެ ބޭފުޅެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ މާލޭ ފެންފޯއްގަނޑުވަރު ގޮމާގެ އައިމިނަތު ދީދީ އެވެ.
އެމަނިކުފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ 16 ޖުމާދިއްޘާނީ 1333ހ. (1 މެއި 1915) ވީ ހޮނިހިރުވިލޭރޭ ފަތިހު ފުރަމާލޭ މާފަންނު ދަރަވަންދޫގޭގަ އެވެ.
އެމަނިކުފާނު ފުރަތަމަ ކިޔަވާ ވިދާޅުވީ އެމަނިކުފާނުގެ މާމަ ދާރަވަންދޫގޭ ދީދީ އާއި ބައްޕަ ދަރަވަންދޫގޭ ދީދީ އާއި ބޮޑުބޭބޭ ހުޞައިން ޞަލާހުއްދީން ފަނޑިޔާރު މަނިކުފާނު އަރިހުންނެވެ. ދޮންބޭބެ އައްޝައިޚް މުހަންމަދު ސަޢީދް ދީދީގެ އަރިހުންނާއި އަލް މަދަރަސަތުލް ޞަލާޙިއްޔާ ނުވަތަ އަލް މަދަރަސަތުލް ސަނިއްޔާއިންނެވެ. އޭގެފަހުން މިޞްރުގެ މަދަރަސަތު މުހަންމަދު ޢަލީ އަލްޚައިރިއްޔާ އަލް އިބްތިދާއިއްޔާއާއި އަޒުހަރު ޔުނިވަސިޓީއިންނެވެ.
އެމަނިކުފާނަކީ ދިވެހިބަހަށް ޚިދުމަތްކުރެއްވި ކުޅަދާނަ އަދީބެކެވެ. އެމަނިކުފާނަކީ ޚާއްޞަކޮށް ޅެމާއި ލަވަ ހެއްދެވުމުގައި އަރާހުންނެވި ޝާޢިރެކެވެ. ވައުޡުވިދާޅުވެ ތަޤްރީރުދެއްވާ އުޅުއްވި ބަސްމޮށުންތެރިއެކެވެ. ޅެންވެރިކަމުގެ އުދަރެހުގައި އެންމެ އަލިގަދަ (އުޖާލާވި ރަންތަރި) އެވެ. އެމަނިކުފާނަށްވަނީ ޅެންވެރިކަމުގެ ރޮގުން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ" އުސްތާޒު ޖަމީލަކީ އަޅުގަނޑުމެންގެ ޖީލުގެ އުސްތާޒެވެ. ދިވެހިރާއްޖޭގެ އުސްތާޒުލް ޖީލެވެ. އެމަނިކުފާނުފަދަ ޢިލްމީ ފިކްރީ ޢަދަބީ ޚިދުމަތްތަކެއްކުރި ދިވެހި އެހެން އެކަކުވެސް އަޅުގަނޑުމެންނަށް ފެންނާކަށް ނެތެވެ." މުޙަންމަދު ޖަމީލްގެ ތަޢުރީފުގައި އަލްއުސްތާޒް އަބްދުﷲ ޙަމީދު ވިދާޅުވަނީ " އަލްއުސްތާޒު އަލްމަރުހޫމް މުޙަންމަދު ޖަމީލަކީ ދިވެހިބަހުގެ ޢަދަބާއި ޅެންވެރިކަމާއި ބަހުގެ ޤަވާޢިދާއި ހަމަތަކާބެހޭ ރޮގުން ކުލަގަދަ ޚިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެއްކަމުގަ އެވެ. ލިޔުންތެރިންގެ ރޫޙީ ބައްޕަ ކަމުގަ އެވެ. ދިވެހިބަހުން ފޮތްއެކުލަވާލުމާއި ޅެންބަހުން ޚިޔާލު ފައުޅުކުރުމުގައި އަޅުގަނޑުމެންގެ އުސްތާޒަކަށް ދެކެންވީ ބޭފުޅަކީ އެމާތް މަރުހޫމްކަމުގައެވެ".
ލިޔުންތެރިކަމަށް ނަޒަރު ހިންގާލާއިރު މަޒުމޫނުތަކާއި ހުކުރު ޚުތުބާތަކާއި ދިގުވާހަކަތާކާއި ތަރުޖަމާތަކާއި ކުރުވާހަތަކާއި ޑްރާމާތައް، ބަހުގެ ޤަވާއިދުފޮތްތަކާއި ދީނީގޮތުން ލިޔުއްވަފައިވާ ދިވެހިބަހުގެ ފޮތްތައް ފާހަގަ ކުރެވެ އެވެ. މިދެންނެވި ފޮތްތަކުގެ ތެރެއިން ދިވެހިބަހުގެ ޤަވާޢިދުގެ މައްޗަށް ލިޔުއްވާފައިވާ ފިޔަވަޅު 3،2،1 މިދެތިންފޮތާއި ޅެމާއި ޅެންވެރިކަން މިނަމުގައި ލިޔުއްވާފައިވާ ފޮތް ހޮވާލެވެ އެވެ. ލިޔުއްވި ޑްރާމާ ތަކުގެ ތެރެއިން ބުރެކިރަނިންނާ ގިތެޔޮގުޅި ވަކިން ފާހަގަ ކޮށްލެވެ އެވެ. ބަސްމޮށުންތެރިކަމުގެ ރޮގަށް ބަލާއިރު ތަޤުރީރު ކުރެއްވުމާއި ވަޢުޘު ވިދާޅުވުމުގައި ބަސްމަގު ބުގިސް ދިވެހިބަހުގެ އޮޅުންބޮޅުން އަމުދުންނެތް މުޤަށްރިރެކެވެ.
އެމަނިކުފާނުގެ ވަޒަންބަހުރުވައިގެ ތަރިކައިގައި ލޯބީގެ ޅެމާއި، ވަޞްފީ ޅެމާއި، ޤައުމީ ޅެމާއި، ފިކުރީ ޅެންތަކާއި މަދަޙައާއި ތަޢުރީފް، ނަސޭޙަތާއި ވަޢުޠު ހިމެނެ އެވެ. މިއިން ކޮންމެ ރޮގެއްގައިވެސް ފާހަގަކޮށްލެވޭ ކިތަންމެ ޅެމެއް އިބަހުއްޓެވެ. މިސާލަކަށް ލޯބީގެ ރޮނގުން "ޙަބީބާގެ އަސަރު" ޥަސްފެއްގެ ގޮތުން "ދުނިޔެ" ޤައުމީ ގޮތުން " ޤައުމީ ސަލާމް" ފިކުރީގޮތުން "ވަޤުތުފާއިތުވީފަހުން" ފާހަގަކޮށްލެވެ އެވެ.
އަލްއުސްތާޒް މުޙަންމަދު ޖަމީލްގެ ޢަދަބީ ޙަރަކާތްތައްވަނީ ދިވެހި ބަހަށް ކޮށްދެއްވާފައިވާ އަގުބޮޑު ޚިދުމަތްތަކެއް ކަމަށް ދިވެހިން ބަލައިގަނެފަ އެވެ. އެތަޙުރީކް ފައްޓަވާފައިވަނީ އައްރަފީޤް މަޖައްލާ އުފެދުނު ދުވަސްވަރުގަ އެވެ. ސަރުކާރުގެ ޚަބަރުގެ ނާއިބު މުޙައްރިރު ކަމާއި "ޝުޢުލާ"އާއި "ދީނީ ރޫޙް" ގެ ނާއިބު މުޙައްރިރުކަން، ފަތްތޫރައިގެ މަސްޢޫލުވެރިކަމާއި މުޙައްރިރުކަން، އަދި އެމަޖައްލާތައް ހިންގެވުމަށް ކުރެއްވި ބުރަ މަސައްކަތްތަކާއި ރާއްޖެގައި ނިކުތް އެކިއެކި ނޫސް މަޖައްލާތަކަށް ލިޔުއްވި އަސަރުގަދަ ލިޔުންތަކުގެ ހަދާން ހުންނަނީ އަބަދުވެސް އައުވެ އައުވެ އެވެ. މަހުކަމަތުލް މަޢާރިފް ހިންގަވާ ވެރިޔާގެ ގޮތުންނާއި މަދުރަސަތުލް ސަނިއްޔާގެ ނާޒިރުގެ ނާއިބުގެ ގޮތުން ދިވެހިބަސް ކުރިއެރުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ލާމަސީލު މަސައްކަތްތަކާއި، ބަސްކޮމިޓީގެ ޅަފަތުއްސުރެ އަޅުގަނޑުމެންނާއި ވަކިވެ ވަޑައިގަންނަވަންދެން ބަހަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތަކަށް ޝުކުރާއި ތަޢުރީފް ޙައްޤުވެގެންވެ އެވެ. އަދި އެމަނިކުފާނު ތަޞްނީފްކުރެއްވި ގިނަގުނަ ފޮތްތައް މިއަދުވެސް ހަނދާނަށް ގެނައުން ލާޒިމެވެ. އޭގެތެރެއިން ތަޢުލީމުއްދިޔާނާގެ ތިންބައާއި އިރުޝާދުލް އަނާމާއި ދުރޫސުލް އަޚްލާޤާއި ދީނިއްޔާތުގެ ބައިތައް، ޞަލާތުލް ޖަމާޢަތާއި ދަތުރުވެރިޔާގެ ނަމާދު، ދިވެހިބަހުގެ ޤަވާޢިދުގެ ފިޔަވަޅުތަކާއި ކުޑަކުދިންގެ ބަގީޗާ "ޢުލޫމުގެ ޤުލްޝަން" އާއި "ޙައްޖާއި ޢުމްރާ" އަދި "ހުސްނީ ނުވަތަ ކެހިވެރި ލޯތްބާއި" އަލް އައްބާސާފަދަ ފޮތްތައް ފާހަގަކުރެވެ އެވެ. މިނޫންވެސް އެތައްފޮތެއް އެމަނިކުފާނު ލިޔުއްވާ ޗާޕުކުރެވިފަ އާއި ޗާޕުނުކުރެވި އެބަހުއްޓެވެ. އަލްއުސްތާޒު މުޙަންމަދު ޖަމީލް އަވަހާރަވީ 1 މެއި 1989 ދުވަހުގެ ރޭ ފަތިހު 3:54ގަ އެވެ.
ޖަމީލް ދީދީގެ ބައެއް ޅެންތައް:
ޙަބީބާގެ އަސަރު
"ފާފައެއްނޫނެ ޙަބީބާގެ އަސަރުހޯދުމަކީ
ވާފަރާތަށް މިތުތާހޭދަވެ ޤުރުބާންވުމަކީ
++++++++++++++++++++++++++++++
ދުނިޔެއީ ވާތަނެކޭ އެކުއުޅުމާ ވަކިވެދިއުން
އުނިނުވާ..... ރޫޙުގެ ގުޅުމޭ ވަކިވުންނެތް ކަމަކީ"
ދުނިޔެ
"ހާމަވީ ރީތިމަންޒަރުތަކޭ ނެތިދަނީ
މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ
ދާމަގުންދުނިޔެހިނގަ މުންމިހިރަގެންދަނީ
އާމަގެއްގައިހިނގޭކަށްނެތޭއަންގަނީ
++++++++++++++++++++++++++++++
މުތީރަންތަކެއްހެން ވިދާތަރިތަކުން
ނެތީމާ ބިމަށްދޭނެ ނޫރެއްއަލުން
މަތީގައި ހިނގާފުސްތަކެއް ބޯވުމުން
އުޑުމަތީގައި އަނދިރިސާލެކޭ ފެތުރެނީ"
ޤައުމީ ސަލާމް
"ޤައުމީ މިއެކުވެރިކަންމަތީ ތިބެގެންކުރީމެ ސަލާމް
ޤައުމީބަހުން ގިނަހެޔޮދުޢާކުރަމުން ކުރީމެ ސަލާމް
++++++++++++++++++++++++++++++++
ނަޞްރާނަޞީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
ފެއްސާރަތާއި ހުދާއެކީ ފެނުމުން ކުރީމެ ސަލާމް"
ވަޤުތުފާއިތުވީފަހުން
"ހުސްވީފަހުންހޭ ޢާލަމުން ހޯދަންއެމާ އެދިގެންދަނީ
ބުސްރާގެ ބާޒާރުން ފެނޭތޯހޭ ދަތުރުކުރަމުންދަނީ
++++++++++++++++++++++++++++++++
ހުރިވަގުތުގާ އައިނަމަ ލިބޭހުށިކަން ޔާޤީނޭ ހަމަހިލާ
ހުރިހާމޮޅެއް ހޯދަންއުޅޭތީކަން އެނގޭހޭ ކެހިވަނީ"
thank u imran.. i hope to c ur more articals in future.
ReplyDelete..
yea
Deletecan you get a full lhen by him
Deletethankyou! this has been very helpful for my project
ReplyDeletefor me too
Deleteme 2 :"D
Deletethannkkkxxx.. this was v v v v v useful 4 me t0oooo0000ooo!!! :D
ReplyDeleteASh254 likes this
Deletethanx for the infor. its v v v v v helpful.
ReplyDeletehurihaa emmen liyaa hurihaa ehcheh kiyan?
DeleteDidn't he die on March 15, 1989?
ReplyDeleteYou copied this from a book called dhivehi adheebun 3 didn't you?
ReplyDeleteYOU SHOULD HAVE GIVEN CREDIT ;P
COPIED ARTICLE FROM DHIVEHI ADHEEBUN 3
ReplyDeleteSo what? isnt it way more comforting if u can search online rather than banging your head on books? Atleast thank him that he provided the information
Deleteyea
Deletethanks ,this has been very helpful for my dhivehi project :)
ReplyDeleteޖަމީލު ދީދީ ލިޔުއްވި ފޮތްތަކުގެ ނަންތައް ބޭނުން
ReplyDeletethanks for this is very valuable for me :)
ReplyDeleteVERY HELP FULLL
ReplyDeleteFROM $!
varah beynun theri mauloomaathu kolheh..
ReplyDeleteavahaara vee 15 March 1989 gai
ReplyDeleteshukiriyaa alhugandu ge zindagee thi salaamai kodhinee thi
ReplyDeletethank u very much! this was very useful!
ReplyDeleteސުކުރިއްޔާ
ReplyDelete