Thursday, April 14, 2011

ލަފުޒު ނަފީކުރެވޭ ހަމަތަށް Grammer of Dhivehi

ދިވެހިބަހުގެ ޤަވާޢިދުގެ ޢަލީގައި ލަފުޒު ނަފީކުރެވޭ ހަމަތަށް

1.     ދިވެހިބަހުގެ ޤަވާޢިދުފޮތްތަކުގައި ނަފީ
        އެފައުޅުކުރެވޭ ޚިޔާލެއްގެ ޙަޤީޤީ މަފްހޫމްތައް އިންސާނާއަށް ދޭހަކުރެވެނީ ބަހުގެ ހަމަތަކާއި އެއްގޮތަށް ބަސްބޭނުން ކުރުމުންނެވެ. މިސަބަބަށްޓަކައި ދިވެހިބަހުގައިވެސް ބަސްބޭނުންކުރާނެ އުޞޫލުތަކެއް ކަނޑައެޅިފައި ވެއެވެ. މިގޮތުން ދިވެހިބަހުގައި ފާހަގަކޮށްލެވޭ އެއްބަޔަކީ ނަފީ އެވެ. ލަފުޒީ މާނައަށް ބަލާއިރު ނަފީއަކީ ނުވާކަންކަމަށް ބުނެވިދާނެއެވެ. އެހެނީ ޙުސައިން ރަޝީދު އަޙުމަދު (1999)، މުޙައްމަދު ޖަމީލު ދީދީ (1970)، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) އަދި އިބްރާހިމް ރުޝްދީ (1355ހ) ބަޔާންކުރައްވާ ގޮތުގައި ނަފީ ކުރުމަކީ ނުވާކަމުގެ ނުވަތަ ނެތްކަމުގެ ނުވަތަ ނޫންކަމުގެ މާނަ ދޭހަވާގޮތަށް ބުނެވޭ ބުނުންތަކެވެ.
ވީމާ ނަފީއަކީ ނެތްކަން ނުވަތަ ނުވާކަން ނުވަތަ ނޫންކަން ނުވަތަ ނުވާކަމުގެ ސިފަ އަންގައި ދިނުމަށްޓަކައި ބޭނުންކުރެވޭ އަކުރުތަކާއި ލަފުޒުތަކާއި ޖުމުލަތަކެވެ.  މިސާލު 1ގައި އެވަނީ މިފަދަ ނަފީގެ ދެ މިސާލެވެ.
މިސާލު: 01
ހ. ނުބުނެވުނީ (ބުނެވުނީ) 
ށ. އެއީ މުޅިން ހެޔޮކަމެއްނޫން.  
ސޯސް: އިބްރާހީމް ހުސައިން މަނިކު. (2010). ތޮއްޑޫ ދަތުރު. ކުރުވާހަކަތައް1. މާލެ: ނޮވެލްޓީ ޕްރިންޓާސް
      ދިވެހިބަހުގައި ނަފީކުރުމަށްޓަކައި ދެވައްތަރެއްގެ އަކުރު ބޭނުންކުރެއެވެ. އެއީ އަޞްލު ދިވެހިބަހުގެ އަކުރުތަކާއި ދިވެހިބަސް އަމިއްލަކޮށްފައިވާ ބޭރުބަސްބަހުގެ އަކުރުތަކެވެ. ނަމަވެސް ނަފީގެ އަކުރުތައްކަމަށް ގިނަ ޤަވާޢިދުފޮތްތަކުގައި ކަނޑައަޅާފައިވަނީ އަޞްލު ދިވެހިބަހުގެ އަކުރުތަކެވެ. ޚާއްޞަކޮށް ނޫނަށް ނިސްބަތްވާ އަކުރުތަކެވެ. ނަމަވެސް ކުރިން ބަޔާންކުރިފަދައިން ދިވެހި ބަހުގައި ނަފީގެ 12 އަކުރުވާކަމަށް އަޙުމަދު (1999) ހާމަކުރައްވައެވެ. އެއީ ދިވެހި ބަހުގެ އަޞްލު 7 އަކުރާއި ދިވެހިބަސް އަމިއްލަކޮށްފައިވާ ބޭރުބަސްބަހުގެ 5 އަކުރެވެ. ތާވަލް 1ގައި އެވަނީ ދިވެހިބަހުގައި ނަފީކުރުމަށް ބޭނުން ކުރެވޭ އަކުރުތަކެވެ.
ތާވަލު 01: ދިވެހިބަހުގައި ނަފީކުރުމަށް ބެނުންކުރެވޭ 12 އަކުރު
ދިވެހިބަހުގެ އަޞްލު ނަފީގެ އަކުރުތައް
ދިވެހިބަހަށް ބޭރުބަސްބަހުން ވަދެފައިވާ ނަފީގެ އަކުރުތައް
1- ނު
5- ނެ
1- ބޭ
5- ޣައިރު
2- ނޫން
6- އަ
2- ބަދު

3- ނާ
7- ބީ
3- ނާ

4- ނެތް

4- ލާ

ސޯސް: ޙުސައިން ރަޝީދު އަޙުމަދު. (1999). ދިވެހިބަހުގެ ބަސްމަގު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު.
ތާވަލު 1 ގައިއެވާ ދިވެހިބަހުގެ އަޞްލު ނަފީގެ 7 އަކުރު ނަފީކުރުމުގައި ބެނުންކުރެވޭ ގޮތާއި ހަމަތައް ތާވަލު 2 ގައި އެވަނީއެވެ.
ތާވަލު 02: އަޞްލު ދިވެހިބަހުގެ ނަފީގެ 7 އަކުރު ބޭނުންކުރެވޭގޮތް
ނަފީގެ އަކުރު
ބާވަތް
ލަފުޒު
ނަފީގެ މިސާލު
ނަފީ އަންނަދިމާ
ނު
އެކަހެރިބަސް (ކަން)
ލަފާ
ނުލަފާ
ޕްރިފިކްސް (ކުރިއަށް)
އެކުވިބަސް (ކަން)
ނިދަންއުޅުނީ
ނިދަންނުއުޅުނީ
އިންފިކްސް (މެދަށް)
މަސްދަރު
ކެއުން
ނުކެއުން
ޕްރިފިކްސް (ކުރިއަށް)
ވާހަކަދެއްކުން
ވާހަކަނުދެއްކުން
އިންފިކްސް (މެދަށް)
ނުބުނެއެއް ނޫން
ނުބުނެއެއް ނޫން
ޕްރި އަދި ސަފިކްސް
ކަން
ދަނީ
ނުދާނަން
ޕްރިފިކްސް (ކުރިއަށް)
ނޫން
ނަން (ޙާއްޞަ)
ޢާރިފު
އާރިފެއް ނޫން
ސަފިކްސް (ފަހަތަށް)
ނަން (ޢާންމު)
ގުޑި
ގުޑިއެއް ނޫން
ސަފިކްސް (ފަހަތަށް)
ނަންއިތުރު
ކުޅި
ކުޅިއެއް ނޫން
ސަފިކްސް (ފަހަތަށް)
ކަންއިތުރު
ބާރަށް
ބަރަކަށް ނޫން
ސަފިކްސް (ފަހަތަށް)
ނަންއިތުރުގެނަން
ފުރިހަމަކަން
ފުރިހަމަކަމެއް ނޫން
ސަފިކްސް (ފަހަތަށް)
އަކުރު
މަރިޔަމް އަށް
މަރިޔަމަކަށް ނޫން
ސަފިކްސް (ފަހަތަށް)
މަސްދަރު
ކިޔެވުން
ކިޔެވުމެއް ނޫން
ސަފިކްސް (ފަހަތަށް)
ނެ
މިއަކުރު ބޭނުންކުރެވެނީ "ނު" ގެ ބަދަލުގައި.
ނެހެދުން
ޕްރިފިކްސް (ކުރިއަށް)
އަ
މިއަކުރު ބޭނުންވަނީ ވަކި ޚާއްޞަ ބަސްތަކެއްގައި.
އަބާއްޖަވެރި
ޕްރިފިކްސް (ކުރިއަށް)
ބީ
މިއަކުރު ބޭނުންވަނީ ވަކި ޚާއްޞަ ބަސްތަކެއްގައި.
ބީރައްޓެހި
ޕްރިފިކްސް (ކުރިއަށް)
ނާ
އާންމުކޮށް ބޭނުންކުރެވެނީ ސުއާލުގެ ޖަވާބުގައި ނަފީއަށް. ނަމަވެސް ނަފީގެ މާނަ ދޭހަނުވާގޮތަށް.
ނާފަހެ
އެހެންނާ
ޕްރިފިކްސް (ކުރިއަށް)
ސަފިކްސް (ފަހަތަށް)
ނެތް
ނަފީގެ ޚަބަރެއްދޭނަމަ ބޭނުންކުރެވޭ އަކުރެއް.
މަތާގައި ހާރެއް ނެތް.
ސަފިކްސް (ފަހަތަށް)
ސޯސް: އިބްރާހީމް ރުޝްދީ. (1355ހ). ސުއްލަމުލް އަރީބް. މާލެ: މުސައްނިފު.
ހުސައިން ރަޝީދު އަޙުމަދު (1999). ދިވެހިބަހުގެ ބަސްމަގު. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙަންމަދު ޖަމީލް ދީދީ. (1970). ފިޔަވަޅު-3،2،1. މާލެ: މުސައްނިފު.
ދިވެހިބަހުގެ ޤަވާއިދު 4،3،2،1. (2004). ދިވެހިބަހުގެ ޤަވާއިދު 4،3،2،1. މާލެ: ދ.ތ.ހ.ގ.މ.
      ދިވެހިބަހުގެ ނަފީގެ އަކުރުތަކަކީ ތާވަލު 1ގައިވާ އަކުރުތައްކަމަށް އަޙުމަދު (1999) ހާމަކުރެއްވިނަމަވެސް މަރުކަޒު (2004) ގައި ބަޔާންކޮށްފައިވަނީ ނަފީކުރުމަށް ޢާންމުގޮތެއްގައި ދިވެހިބަހުގައި ބޭނުންކުރެވެނީ ތިން އަކުރެއްކަމަށެވެ. އެއީ "ނު" އާއި "ނެތް" އަދި "ނޫން" މި އަކުރުތަކެވެ. ނަމަވެސް ޖަމީލުދީދީ (1970) ހާމަކުރައްވާގޮތުގައި ދިވެހިބަހުގައި ނަފީކުރުމަށް ބޭނުންކުރެވެނީ ދެ އަކުރެވެ. އެއީ "ނު" އަދި "ނޫން" މިދެއަކުރެވެ. އަދި ރުޝްދީ (1355ހ) ސިފަކުރައްވާގޮތުގައި ދިވެހިބަހުގައި ނަފީއަށް ބޭނުންކުރެވެނީ "ނ" މިއަކުރު އެކަންޏެވެ. އެހެނީ ނަމާއި ކަން ނަފީ ވެވެނީ ނޫނަކުންނެވެ. ކޮންމެއަކަސް ދިވެހިބަހުގެ ޤަވާއިދުގެ އެކިފޮތްފޮތުގައި ނަފީގެ އަކުރުގެ އަދަދާއިމެދުގައި ޚިލާފުތަކެއް ވީނަމަވެސް ހުރިހާފޮތެއްގައި އިއްތިފާޤުވާގޮތުގައި ނަފީކުރުމުގައި "ނޫނު" މުހިންމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން މިދިރާސާގައި ނަފީގެ އަކުރެއްގެ ގޮތުގައި ބެލިފައިވާނީ "ނޫނު" އެވެ. ވީމާ ނަފީއަށްޓަކައި "ނޫނު" އަންނަނީ ލަފުޒުގެ ކޮންކޮން ދިމަދިމާތަކަކަށް ކޮންކޮން ޙާލަތުތަކެއްގައިތޯ ބެލިފައިވާނެއެވެ.
2.     ނަން ނަފީކުރެވޭ ގޮތްތައް.
       ދިވެހިބަހުގައި ނަމެއް ނަފީކުރާނަމަ ނަފީގެ "ނޫނު" ގެނެވޭނީ ނަމުގެ ފަހަތަށެވެ. ނަމަވެސް މިހެންގެނެވޭ ނޫނު ގެނެވޭނެ އުޞޫލުތަކެއް ބަހުގައި އެކަށައެޅިފައިވެއެވެ. އެގޮތުން "ސުއްލަމުލްއަރީބު"ގައި ރުޝްދީ (1355ހ) ހާމަކުރައްވާގޮތުގައި ނަން ނަފީކުރާއިރު ނަފީގެ ނޫނު ވަންނާނީ ނަމުގެ ފަހަތަށެވެ. މިކަހަލަ މިސާލުތަކެއް މިސާލު 2 ގައި އެވަނީއެވެ.
މިސާލު: 02
ޙުސައިނެއް ނޫން
މިހާރަކު ނޫން
މިތާކު ނޫން
މައްޗަކު ނޫން
ސޯސް: އިބްރާހިމް ރުޝްދީ. (1355ހ). ސުއްލަމުލްއަރީބު. ޗާޕްކުރިތަން އެނގޭކަންނެތް
ނަމަވެސް މަރުކަޒު (2004) ހާމަކުރައްވާ ގޮތުގައި ދިވެހިބަހުގެ ބައިތަކުގެ ތެރެއިން "ނަން" ނަފީކުރެވިއްޖެނަމަ ނަމުގެފަހަތަށް ޢާއްމުކުރުމުގެ އަކުރު އިތުރުކުރުމާއެކު "ނޫން" މިއަކުރު ގެނެވެއެވެ. އަދި ޖަމީލުދީދީ (1970) ހާމަކުރައްވާގޮތުގައި މިގޮތަށް "ނަން" ނަފީކުރާއިރު ޢާންމުނަމެއް ޚާއްޞަނަމެއް އިސްތިސްނާއެއް ނުވާނެއެވެ. މިސާލު 3 ގައި އެވަނީ މިބާވަތުގެ މިސާލުކޮޅެކެވެ.
މިސާލު: 03
ހ.މަރްޙަބާއެއް ނޫން.         
ށ. ސޭޓެއް ނޫން.
ނ. ދަނޑިވަޅެއް ނޫން. 
ސޯސް: އިބްރާހީމް ހުސައިން މަނިކު. (2010). ތޮއްޑޫ ދަތުރު. ކުރުވާހަކަތައް1. މާލެ: ނޮވެލްޓީ ޕްރިންޓާސް
         ނަމަވެސް އަޙުމަދު (1999) ހާމަކުރައްވާގޮތުގައި ބޭރުބަސްބަހުގެ ތެރެއިން ދިވެހިބަސްކަމުގައި ބެލިފައިވާ ބަސްބަހުގެ ތެރެއިން އެބަހެއްގައި ކުރީއްސުރެ ނަފީކުރުމަށް "ނު" މިއަކުރު ބޭނުންކުރެވެމުން އަންނަ ނަންނަމުގައި "ނު" ނަމުގެ ކުރިއަށް ގެނެވެއެވެ. މިބާވަތުގެ މިސާލުތަކެއް މިސާލު 4ގައި އެވަނީއެވެ.
މިސާލު: 04
 ނުޙައްޤު
ނުޤަބޫލު
ނުރަސްމީ
ނުތާހިރު
ނުސާފު 
ސޯސް: ޙުސައިން ރަޝީދު އަޙުމަދު. (1999). ދިވެހިބަހުގެ ބަސްމަގު. މާލެ: ދިވެހިބަހާއި ތާރީޚަށް.. ޚިދުމަތްކުރާ މަރުކަޒު.
      އަޙުމަދު (1999) މިސާލުގެގޮތުގައި ގެންނަވާފައިވާ މިސާލުތަކުގައި "ޙައްޤު" ފިޔަވާ ދެން ހުރީ ހައްތަހައިވެސް ނަންއިތުރުކަމަށް ބަސްފޮތް (2006)ގައި ވެއެވެ. ވީމާ ނަން ނަފީކުރެވޭ ހަމައެއްކަމަށް އަޙުމަދު (1999) ހާމަކުރައްވާ (މިސާލު: 04)ގައިއެވާ ހަމަޔަކީ ދިވެހިބަހުގައި މިބާވަތުގެ ނަން ނަފީކުރެވޭނެ ހަމައެކަނި ހަމަކަމާމެދު ސުވާލު އުފެދެއެވެ. ކޮންމެއަކަސް ނަމެއް ނަފީކުރެވެނީ ނަފީކުރެވޭ ނަމުގެ ފަހަށް އެކަހެރިކުރުމުގެ އަކުރު ގެނައުމާއެކު "ނޫން" މިއަކުރު ގުޅާލުމުންނެވެ.
3.     ކަން ނަފީކުރެވޭ ގޮތް
        ކަން ހަޒަމާނަށް ބެހެއެވެ. މިހެންކަމުން ނަމާއި ޚިލާފަށް، ކަން ނަފީކުރުމުގައިވެސް ނަފީގެ "ނޫނު" ލަފުޒުގެ ތަފާތު ދިމަދިމާތަކަށް އައިސްފައި ހުރެއެވެ. ކަން ނަފީކުރެވޭ އުޞޫލުކަމަށް ރުޝްދީ (1355ހ) ހާމަކުރައްވާ ހަމައެކަނި އުޞޫލަކީ ކަމުގެ ކުރިއަށް ނަފީގެ "ނު" މިއަކުރު ގެނައުމެވެ. އަދިހަމަ އަޙުމަދު (1999) އާއި ޖަމީލުދީދީ (1970) ވެސް ބަޔާން ކުރައްވާގޮތުގައި ކަން ކަފީކުރެވޭއިރު ނަފީގެ "ނޫނު" އަންނާނީ ކަމުގެ ކުރިއަށެވެ. މިސާލު 5ގައި އެވަނީ ކަމުގެ ކުރިއަށް ނަފީގެ ނޫނު ގެނެސްގެން ނަފީކުރެވޭގޮތުގެ މިސާލުތަކެކެވެ.
މިސާލު: 05
ނު
- ނުކިޔާ    (ކަން)
ވާކަން
- ނުކިޔަނީ   (ކަން)
ވޭވޭހުރިކަން
- ނުކިޔާނެ   (ކަން)
ވާނޭކަން
- ނުކިޔުނު   (ކަން)
ނިމުނުކަން
- ނުކިޔުނީސް (ކަން)
ނަމަވުން
- ނުކުޔުނީ   (ކަން)
ނިމިނިމުނުކަން

ސޯސް: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު. (2004). ދިވެހިބަހުގެ ޤަވާއިދު 4.3.2.1. މާލެ: މުޝައްނިފް.
         ނަމަވެސް ޢަބްދުﷲ ޞާދިޤު (1993) އަދި މަރުކަޒު (2004) ހާމަކުރައްވާގޮތުގައި ކަން ނަފީކުރާއިރު ކަމުގެ ކުރިއަށް "ނު" އަންނަފަދައިން ކަމުގެ ފަހަތަށް އެކަހެރިކުރެވޭ އަކުރާއެކު "ނޫން" ގެނެސްގެންނާއި، ދެލަފުޒު އެކުވެގެން އުފެދިފައިހުންނަ ކަމުގައި އެދެލަފުޒުގެ މެދަށް ނުވަތަ ފަހުލަފުޒުގެ ކުރިއަށް "ނު" ގެނެސްގެންވެސް ކަން ނަފީކުރެވެއެވެ. މިހެން ކަން ނަފީކުރާއިރު ކުރީގައި އޮންނަ ލަފުޒުގެ ފަހަތަށް އެކަހެރިކުރުމުގެ "އެއް" އިތުރުކުރެވެއެވެ. މިސާލު 6ގައި އެވަނީ މިބާވަތުގެ ދެމިސާލެވެ.
މިސާލު: 06
ހ. ފެތެނީއެއް ނޫން            
ށ. ދޮގެއް ނުހަދާނެ
ސޯސް: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު. (2004). ދިވެހިބަހުގެ ޤަވާއިދު 4.3.2.1. މާލެ: މުޝައްނިފް.
އަދި ކަން ނަފީކުރާއިރު ނިމުނުކަމެއް ނުވަތަ ނިމިނިމުނުކަމެއް ނަފީކުރާ ނަމަ ވާކަމުގެ ސިފައަށް ކަން ބަދަލުކޮށްގެން ނަފީގެ ނޫނު ކުރިއަށް އިތުރުކުރެވޭކަމަށް ޢަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (2010) ހާމަކުރައްވައެވެ. މިސާލު 6ގައި އެވަނީ އެބާވަތުގެ މިސާލުތަކެކެވެ.
މިސާލު: 07
ހ. ހިނގައްޖެ / ދިޔަ   -  ނުދޭ
ށ. ބުނެފި / ބުނި   -  ނުބުނޭ
ނ. ބޮއިފި / ބުއި     -  ނުބޮއި    
ރ. ނިދައިފި / ނިދި  -  ނުނިދާ
ބ. ހިނގައިފި / ހިނގި -  ނުހިނގާ
ސޯސް: ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު. (2010). ނަފީކުރުމުގެ މައިގަނޑު އުޞޫލުތައް. ނެގީ ފެބުރުއަރީ 14،2011، http://www.fanvai.info/sihhath/1857-2010-11-29-03-07-56.html  ން
      ވީމާ ކަން ނަފީކުރެވޭ 3 އުޞޫލެއްވެއެވެ. އެއީ ކަމުގެ ކުރިއަށް "ނު" އިތުރުކުރުމާއި، ދެލަފުޒު ގުޅޭއިރު ދެލަފުޒުން ފަހުލަފުޒު ކުރިއަށް "ނު" އިތުރުކުރުމާއި، އަދި ލަފުޒުގެ ފަތަށް އެކަހެރިކުރުމުގެ އަކުރު އިތުރުކުރުމާއެކު ނަފީގެ "ނޫން" ގެނެސްގެން ނަފީކުރުމެވެ.
4.     ކަންއިތުރާއި ނަންއިތުރު ނަފީކުރެވޭގޮތް
        ކަންއިތުރާއި ނަންއިތުރަކީ ބަހުގައިހިމެނޭ ސިފަކުރުމުގެ ލަފުޒުތައް އެކުލެވޭ ދެބައެވެ. ހަމައެހެންމެ މިއީ ބަހުގެ އަސަރާއި ފޮނިކަން ހިތްތަކަށް ވައްދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ދެބައެވެ. ކަމެކޭ އެއްގޮތަށް ނަންއިތުރާއި ކަންއިތުރުވެސް ނަފީކުރާ އެއް އުޞޫލަކީ ލަފުޒުގެ ފަހަތަށް ޢާންމުކުރުމުގެ އަކުރު އިތުރުކުރުމާއެކު "ނޫން" މިއަކުރު އިތުރުކުރުން ކަމުގައި މަރުކަޒު (2004) ގައިވެއެވެ. އަދި ކަންއިތުރާއި ނަންއިތުރު ނަފީކުރެވޭ ދެވަނަ އުޞޫލަކީ ނަފީކުރެވޭ ލަފުޒުގެ ކުރިއަށް "ނު" މިއަކުރު އިތުރުކުރުން ކަމަށް ޖަމީލުދީދީ (1970) ހާމަކުރައްވައެވެ. ވީމާ ޢާއްމުގޮތެއްގައި ސަފިކްސް ގެނެސްގެން ނަފީކުރި ނަމަވެސް ބައެއް ޙާލަތްތަކުގައި ޕްރިފިކްސްވެސް "ކަންއިތުރާއި ނަންއިތުރު" ނަފީކުރާއިރު ގެނެވެއެވެ. ނަމަވެސް އަޙުމަދު (1999) ހާމަކުރައްވާ ގޮތުގައި  ބޭރުބަސްބަހުގެ ތެރެއިން ދިވެހިބަސްކަމުގައި ބެލިފައިވާ ބަސްބަހުގެ ތެރެއިން އެބަހެއްގައި ކުރީއްސުރެ ނަފީގެ ގޮތުގައި މިއަކުރު ބޭނުންވަމުން އަންނަ އަކުރެއްގައި ނޫނީ މި އަކުރު ބޭނުން ނުކުރެވޭނެއެވެ. މިސާލު 8ގައި އެވަނީ ކަންއިތުރާއި ނަންއިތުރު ނަފީކުރެވޭގޮތުގެ ދެމިސާލެވެ.
މިސާލު: 08
ނަންއިތުރު
ކަންއިތުރު
ކުޅި   ކުޅިއެއް ނޫން
ބާރަށް   ބާރަކަށް ނޫން
ރައްކާތެރި  -  ނުރައްކާތެރި
ފާޑަކަށް  -  ނުފާޑަކަށް
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު. (2004). ދިވެހިބަހުގެ ޤަވާއިދު 4.3.2.1. މާލެ: މުޝައްނިފް.
މުޙަންމަދު ޖަމީލް ދީދީ. (1960). ފިޔަވަޅު 3،2،1. މާލެ: މުސައްނިފު.
      ނަމަވެސް ނަފީކުރުމަށް ގަސްދުކުރާ ބަހަކީ އަޞްލު ދިވެހިބަހުގެ ބަހެއްކަމުގައިވެފައި އެބަހުގެ އިދިކޮޅުމާނަ ދޭހަކޮށްދޭ ބަހެއް ދިވެހިބަހުގައި ނެތްނަމަ އެދެބަހުންކުރެ ބަހެއްގައި ނަފީގެ ނޫނު (ނު) ބޭނުންކުރެވޭކަމަށް އަޙުމަދު (1999) ވެސް ބަޔާންކުރައްވައެވެ. މިފަދަ ބައެއް މިސާލުތައް މިސާލު 9ގައި އެވަނީއެވެ. ވީމާ ނަންއިތުރާއި ކަންއިތުރު ނަފީކުރެވޭ އޮންނީ ދެ އުޞޫލެކެވެ. އެއީ ނަފީކުރެވޭ ލަފުޒުގެ ކުރިއަށް "ނު" މިއަކުރު ގެނައުމާއި ނަފީކުރެވޭ ލަފުޒުގެ ފަހަތަށް އެކަހެރި ކުރުމުގެ އަކުރު ގެނައުމާއިއެކު "ނޫން" މިއަކުރު ގެނައުމެވެ.
މިސާލު: 09
ސީދާ -  ނުސީދާ،
  ލަފާ -  ނުލަފާ، 
ރައްކާ -  ނުރައްކާ، 
ތާހިރު -  ނުތާހިރު،
ސޯސް: ޙުސައިން ރަޝީދު އަޙުމަދު. (1999). ދިވެހިބަހުގެ ބަސްމަގު. މާލެ: ދިވެހިބަހާއި ތާރީޚަށްހިދުމަތްކުރާ ޤައުމީ މަރުކަޒު.
5.     މަސްދަރު ނަފީކުރެވޭ ގޮތް
        މަސްދަރު ނަފީކުރުމަށް "ނު" ބޭނުން ކުރެއެވެ. މިއަކުރު ގެނެވިފައި ހުންނަނީ ލަފުޒުގެ ކުރިއަށެވެ. މިހެން ކުރިއަށް "ނު" ގެނެސްގެން ނަފީކުރެވޭ މަސްދަރަކީ މަސްދަރުގެ ބައިތަކުގެ ތެރެއިން އަޞްލު މަސްދަރުކަމަށް އަޙުމަދު (1999)އަދި ޖަމީލުދީދީ (1970) ހާމަކުރައްވައެވެ. ނަމަވެސް މަރުކަޒު (2004) ބަޔާންކުރައްވާގޮތުގައި ބައެއް ފަހަރު ބަހުގެ ފަހަތަށް "ނޫން" އިތުރުކޮށްގެންވެސް ނަފީކުރެވޭނެއެވެ. އަދި ދެލަފުޒެއް އެކުވެގެން އުފެދޭ މަސްދަރު ނަފީކުރެވޭ އުޞޫލެއްވެސް ދިވެހި ބަހުގައި އޮވެއެވެ. ޖަމީލު ދީދީ (1970) ހާމަކުރައްވާގޮތުގައި އެ އުޞޫލަކީ އެ ދެބަހުގެ ތެރެއިން ދެވަނައަށް އޮތްބަހުގެ ކުރީކޮޅަށް "ނު" މިއަކުރު ގެނެވުމެވެ. ބައެއް ހާލަތްތަކުގައި ކުރިއަށް އޮތްބަހުގެ(ލަފުޒުގެ) ފަހަތަށް "އެއް" އިތުރުކުރުމާއެކު ވެސް މަސްދަރު ނަފީކުރެވެއެވެ. ވީމާ މަސްދަރު ނަފީކުރެވެނީ ޕްރިފިކްސް، އިންފިކްސް އަދި ސަރފިކްސް އެއްގެ ގޮތުގައެވެ. ތާވަލު 3ގައި އެވަނީ މަސްދަރު ނަފީކުރެވޭ ގޮތުގެ މިސާލުތަކެކެވެ.
ތާވަލު 03: މަސްދަރު ނަފީކުރެވޭ ގޮތްތައް:
ބާވަތް
ލަފުޒު
ނަފީކުރެވިފައި
ނަފީގެ އަކުރު އަންނަދިމާ
އަޞްލު މަސްދަރު
 ކިޔުން
 ނުކިޔުން
ކުރިއަށް (ޕްރިފިކްސް)
ލަފުޒުގެފަހަތަށް "އެއް" އިތުރުކުރުކޮށްގެން
 ކިޔެވުން
 ނުކިޔެވުމެއް ނޫން
ފަހަތަށް (ސަފިކްސް)
ދެލަފުޒު ގުޅިގެން އުފެދޭ މަސްދަރު
ނަމާދުކުރުން
 ނަމާދުނުކުރުން
މެދަށް  (އިންފިކްސް)
ސޯސް: ހުސައިން ރަޝީދު އަޙުމަދު (1999). ދިވެހިބަހުގެ ބަސްމަގު. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙަންމަދު ޖަމީލް ދީދީ. (1970). ފިޔަވަޅު-3،2،1. މާލެ: މުސައްނިފު.
ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ދިވެހިބަހުގެ ޤަވާއިދު 4،3،2،1. މާލެ: މުސައްނިފު.
6.     އަކުރު ނަފީކުރެވޭ ގޮތް
       އަކުރު ނަފީކުރެވޭ ހަމައެކަނި ހަމައަކީ އަކުރުގެ ފަހަތަށް ޢާންމުކުރުމުގެ އަކުރު އިތުރުކުރުމާއެކު "ނޫން" މިއަކުރު ގެނައުންކަމަށް މަރުކަޒު (2004) ގައި ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް "އަކުރު" ނަފީކުރުމުގައި ޢާންމުކުރުމުގެ އަކުރާނުލައި ބައެއް ފަހަރަށް ބޭނުންކުރެވޭ ކަމަށް ޖަމީލު ދީދީ (1970) ހާމަކުރައްވައެވެ. އަކުރު ނަފީކުރެވޭ ގޮތުގެ ދެމިސާލެއް މިސާލު 10ގައި އެވަނީއެވެ.
މިސާލު: 10
ޢާންމުކުރުމުގެ އަކުރާއެކު
ޢާންމުކުރުމުގެ އަކުރާނުލާ
މަރިޔަމްއަށް  -  މަރިޔަމަކަށް ނޫން
މޮޅު   -   މޮޅު ނޫން
 ސޯސް: މުޙަންމަދު ޖަމީލް ދީދީ. (1970). ފިޔަވަޅު-3،2،1. މާލެ: މުސައްނިފު.
ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ދިވެހިބަހުގެ ޤަވާއިދު 4،3،2،1. މާލެ: މުސައްނިފު.
7.     ނަންއިތުރުގެނަން ނަފީކުރެވޭ ގޮތް
     ނަންއިތުރުގެނަން ނަފީކުރެވެނީ ނަން ނަފީކުރާގޮތަށެވެ. އެހެނީ "ނަންއިތުރުގެނަން" ނަފީކުރާނަމަ އޭގެފަހަތަށް ޢާއްމުކުރުމުގެ އަކުރު އިތުރުކުރުމާއެކު "ނޫން" މިއަކުރު ގެނެވޭކަމަށް ޖަމީލުދީދީ (1970) ހާމަކުރައްވައެވެ. އެހެންވީމާ ނަންއިތުރުގެނަން ނަފީކުރެވޭ ހަމައެކަނިގޮތަކީ ނަންއިތުރުގެނަމުގެ ފަހަތަށް އެކަހެރިކުރުމުގެ އަކުރު އިތުރުކުރުމާއިއެކު "ނޫން" އިތުރުކުރުމެވެ. ނަންއިތުރުގެނަން ނަފީކުރެވޭގޮތުގެ މިސާލެއް މިސާލު 11ގައި އެވަނީއެވެ.
މިސާލު: 11
ބައި
ނަފީނުކޮށް
ނަފީކޮށްފައި
ނަންއިތުރުގެނަން
- ފުރިހަމަކަން
- ފުރިހަމަކަމެއް ނޫން
    ސޯސް: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު. (2004). ދިވެހިބަހުގެ ޤަވާއިދު 4.3.2.1. މާލެ: މުޝައްނިފް.
    މަތީގައި ބަޔާންކުރެވިފައިއެވަނީ ދިވެހި ބަހުގައި އެށައަޅާފައިވާ ނަފީގެ ހަމަތަކެވެ. މިހަމަތަކަށް ބަލާލުމުން އެނގިގެންދަނީ ލަފުޒުތައް ނަފީކުރާއިރު ލަފުޒުގެ ކުރިއަށާއި މެދަށާއި ފަހަތަށްވެސް ނަފީގެ އަކުރުތައް ވަދެގެންދާކަމެވެ. ނަމަވެސް މިހެންވަނުމުގައިވެސް ވަކި އުޞޫލުތަކަކާއި ހަމަތަކެއް ވާކަންވެސް އެކަށައަޅަފައިވާ ޤަވާޢިދުން ހާމަވެއެވެ.


No comments:

Post a Comment