އިންޑަސްވާދީގެ ރަށްވެހިކަމާ
ދިވެހިރާއްޖެ އާއި އޮތް ގުޅުން
ޢަބްދުﷲ ޢިމްރާން / އދ.
ހަންޏާމީދޫ
ފެށުން
ދުނިޔޭގައި
އުފެދުނު ޙަޟާރަތްތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އެންމެ ގުޅުން ބޮޑު ޙަޟާރަތަކީ
އިންޑަސްވާދީގެ ރަށްވެހިކަމެވެ. އެހެނީ ރާއްޖޭގެ ވަޒަންވެރިންނާއި އެޙަޟާރަތުގެ
ވަޒަންވެރިންގެ ސިފައިގެ އެއްގޮތްކަމާއި ދީނާއި އަޤީދާގެ އެއްގޮތްކަމާއި
ރާއްޖެއިން ފެނިފައިވާ އާޘާރުތަކުން ފެންނަ އެއްގޮތްކަމެވެ. ހަމައެހެންމެ ދުނިޔޭގެ
ޗާޓުގައި ދިވެހިރާއްޖެ އޮތް މަޤާމުގެ ނުވަތަ ތަނުގެ ސަބަބުން އެކި ޤައުމުތަކުގެ
ދަތުރުވެރިން އެމީހުންގެ ހިތާމަތަކާއި އުފާތައް ރާއްޖެއާއި ޙިއްސާކޮށްފައި
ވާނެކަމީ ޤަބޫލުކުރެވޭ ކަމެކެވެ. އެކަމުގެ ހެކިތައްވެސް ރާއްޖެއިން
ފެނިފައިވެއެވެ. އަދި ފެންނަމުންވެސް ދެއެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ
ރަށްވެހިންގެ އަޞްލު ހޯދުމަށް ކުރެވިފައިވާ މަސައްކަތުން އެނގި ފައުޅުވެފައިވަނީ
މިސަރަޙައްދުގައި އުފެދު އެންމެ ވަރުގަދަ ރަށްވެހިކަމާއި ދިވެހިރާއްޖެއާއި
ދެމެދުގައި ވަރަށް ހަރުދަނާ ގުޅުންތަކެއް އޮތް ކަމެވެ.