ހިއްޕޮކްރޭޓްސް
"ޒަމާނީ ބޭސްވެރިކަމުގެ ބައްޕަ" Hippocrates
ހިއްޕޮކްރޭޓްސް އުފަންވީ މީލާދުގެ 460
އަހަރުކުރިން ކްރީކްގެ ކޮސްއަށެވެ. އެޒަމާނުގައި އިންސާނުން ގަބޫލުކުރަމުން ދިޔައީ
ބަލިޖެހެނީ ރޫހާނީ ބާރުތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ހިއްޕޮކްރޭޓްސް
މިކަމާދެކޮޅަށް ވަކާލާތުކުރައްވައި ޒަމާނީ ބޭސްފަރުވާ ތަޢާރަފު ކުރެއްވިއެވެ. އަދި
ބަލިޖެހޭ މީހާގެ ވަކިވަކި ގުނަވަންތަކަށް ފަރުވާކުރުމުގެ ބަދަލު މުޅި ހަށިގަނޑަށް
ފަރުވާކުރާންޖެހޭ ކަމަށް ވަކާލާތު ކުރެއްވާން ފެއްޓެވިއެވެ. އަދި އެކަން
ޢަމަލީގޮތުން ކުރެއްވެވިއެވެ. މީގެއިތުރުން ރަގަޅު ސިއްހަތުގައި
ދިރިހިރުމަށްޓަކައި ސާފުވަޔާއި، ކަސްރަތާއި، އަރާމުކުރުމާއި އަދި ސާފުތާހިރުކަމަށް
ލޯބިކުރާންޖެހޭކަމަށް އޭނާ އެހެން މީސްތަކުންނަށް ވިސްނުވައިދިނެވެ.