Wednesday, September 28, 2011

ދިވެހިބަހުގައި ކަންއިތުރު Adverb in Dhivehi

ދިވެހިބަހުގައި ކަންއިތުރު  ADVERB

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

      ކަންއިތުރަކީ ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެއް ނުވަތަ ލަފުޒުތަކެކެވެ. އެހެނީ ކަންއިތުރުގެ ގޮތުގައި ލަފުޒެއްގެ އިތުރުން ބަޔާންވެސް އާދެއެވެ. މިހާތަނަށް ޝާއިޢު ކުރެވިފައިވާ ޤަވާއިދު ފޮތްތަކުގައިވެސް ބަޔާންކޮށްފައި ހުންނާތީ ފެންނަނީ ކަމަކަށް އިތުރު ސިފައެއް، ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހަކީ ނުވަތަ ބަސްތަކަކީ ކަންއިތުރުގެ ގޮތުގައެވެ. މިގޮތަށް ކަންއިތުރު އައުމުގައި ކަމުގެ ކުރިއަށް އަދި ފަހަތަށްވެސް ކަންއިތުރު އާދެއެވެ. ވީމާ ކަންއިތުރަކީ ހިނގި، ހިނގާ، ހިނގައިފި، ހިނގާނެ ނުވަތަ ހިނގައިފާނެ ކަމަކަށް އިތުރު ސިފައެއް ގެނެސްދޭ ކޮންމެ ލަފުޒެއް ނުވަތަ ލަފުޒުތަކެއް ކަމަށް ދެންނެވިދާނެއެވެ.

Thursday, September 22, 2011

އަލާއުއްދީން ޚިލްޖީ Allauddin Khilji

Allauddin Khiljiއަލާއުއްދީން ޚިލްޖީ   
      
     އަލާއުއްދީން ޚިލްޖީއަކީ ޝަހާބުއްދީން ޚަލްޖީގެ ދަރިއެވެ. އަދި ޖަލާލުއްދީން ޚިލްޖީއަށް ބޮޑުބޭބެކިޔާ ދަނބިދަރިއެއްވެސްމެއެވެ. ޖަލާލުއްދީން ޚިލްޖީއަކީ ދެކުނު އޭޝިޔާގައި ރަސްކަންކުރި ޚިލްޖީ ދަރިކޮޅުގެ ބާނީއެވެ. ޖަލާލުއްދީންގެ ރަސްކަމުގައި އަލާއުއްދީން އާމިރް އައި ތުކްޒު ނުވަތަ އަރީޒް އައި މުބާރިކް ކަމުގައި ހަމަޖެއްސެވިއެވެ. އެއީ ރަސްކަމުގެ އެންމެ އިސް ޖެނެރަލުގެ މަޤާމެވެ. އޭގެކުރިން ހުންނެވީ ކެރެލާގެ ގަވަރުނަރުކަމުގައެވެ. މިދުވަސްވަރު ޖަލާލުއްދީން ދިޔައީ އޭނާގެ ރަސްކަމުގެ ސަރަހައްދު ފުޅާކުރަމުންނެވެ. ހަމަ މިދުވަސްވަރު އަލާއުއްދީން ދިޔައީ ރަސްކަލަކަށްވުމުގެ ހުވަފެންތައް ދެކެމުންނެވެ.