ބަހެއްގެ މޭޖަރ ޕްރޮޕަޓީސްތައް ދެނެގަތުމަށް ރަނގަޅީ ލިންގުއިސްޓުން ޖުމުލަ ހަދައިގެން އެނަލައިޒްކުރުމުގެ ބަދަލުގައި ކޮންވަޒޭޝަނަލް އެނަލިސީސްއެއް ހެދުމެވެ.
ޢަބްދުﷲ ޢިމްރާން
ތަޢާރަފު
އިންސާނުން
ވާހަކަދައްކާ ބަސް ދިރާސާކުރުމުގެ މަސައްކަތަކީ ވަރަށް އެވޭލާ ޒަމާނުއްސުރެ އެކި
ސިފަ ސިފައިގައި ކުރެވެމުން އަންނަ މަސައްކަތެކެވެ. މިގޮތަށް ބަހުގެ ކަންކަން ހޯދާ
ބެލުމުގައި އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ ބަހުގެ މައިގަނޑު ބައިތައް
ދެނެގަތުމަށް މަސައްކަތް ކުރުމެވެ. އެއަށްފަހު މިމަސައްކަތްތައް ފުޅާވެ ބަސް
ބޭނުންކުރެވޭ ތަފާތު ގޮތްތަކާއި، ވާހަކަދެއްކުމުގެ ބޭނުމާއި، ބަހުގެ މުހިންމުކަމާމެދު
ލިންގްއިސްޓުން ވިސްނައި އެކަންކަން ތަހުލީލުކުރާން ފެށިއެވެ. ބަހުގެ މިކަހަލަ ކަންކަން
ދެނެގަތުމުގައި އެންމެ ފުރަތަމަ ކަންކުރެވުނު އުޞޫލަކީ ޖުމުލަ ހަދައިގެން
އެނަލިސިސް ހެދުންކަމަށްވިއަސް ފަހުފަހުން އައިސް މިއުޞޫލު ބަދަލުވެ، ޑިސްކޯސް އެނަލިސިސްއާއި ކޮންވަޒޭޝަނަލް އެނަލިސިސްފަދަ
ގޮތްތައް ތަޢާރަފުވިއެވެ.