Saturday, April 21, 2012

އަދަބީ ފާޑުކިޔުން Literature criticism


އަދަބީ ފާޑުކިޔުން

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

     އަދަބު މިލަފުޒަކީ ޢަރަބި ލަފުޒެކެވެ. މިލަފުޒުގެ އިޞްތިލާހީ މާނައަކީ މީހަކު ކުރާ ކަންތަކާއި ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެމަގު އުނގެނިގަތުމެވެ. އަދި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް ބޭނުންކުރާ ކަންތައްތަކަމަށް މުޙަންމަދު ޖަމީލް ދީދީ  (2009) ބާޔަންކުރައްވައެވެ. ވީމާ އިންސާނާގެ ގައިގައި ޤުދުރަތުން ލައްވަވާފައި ރަގަޅު ސިފަތަކުގެ މައްޗަށް ހޭނި އެސިފަތައް ދެމެހެއްޓުމަށް ކުރާ މަސައްކަތައްވެސް އަދަބޭ ކިޔެއެވެ. ނަމަވެސް މިއީ ނަފްސުގެ އަދަބެވެ.