ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވިބަޔަކީ ޑްރީވީޑިއަނުން
ޑްރީވީޑިޔަނުންނަކީ މީލާދުގެ 2800 އަހަރުކުރިން އިންޑިޔާގައި އުފެދިފައިއޮތް
ރަށްވެހިކަމުގެ އަހުލުވެރިންނެވެ. ޑްރިވީޑިއަނުންގެ މި ރަށްވެހިކަން
މަޝްހޫރުވެފައިވަނީ އިންޑަސްވާދީގެ ރަށްވެހިކަމުގެ ނަމުންނެވެ. ކޮންމެއަކަސް
މިރަށްވެހިކަމުގެ އަހުލުވެރިންނަކީ ރާއްޖެ އުފެދުމުގެ މާކުރިން ފެށިގެންވެސް މި
ސަރަހަށްދުގައި ދަތުރުފަތުރު ކުރަމުން އައިބައެކެވެ. ވީމާ ރާއްޖެ އުފެދުނު
ހިސާބުން މިރަށްވެހިކަމުގެ އަހުލުވެރިންނަށް ރާއްޖެއަށް އާދެވިފައިވާނެކަމަށް
ޤަބޫލުކުރެވެއެވެ. އެހެނީ މިބައިމީހުންވަނީ އެބައިމީހުންގެ ދަތުރުތަކުގައި
އިންޑިޔާގެ ސަބްކޮންޓިނެންޓުގެ އެކިސަރަޙަށްދުތަކަށްދެވި އެކިސަރަހައްދުތަކުގައި
ވަޒަންވެރިވެފައެވެ. ނަމަވެސް މިހާރު މިދަރިކޮޅުގެ ގިނަމީހުން ދިރިއުޅެނީ ދެކުނު
އިންޑިޔާގައެވެ. މިހެންކަމުން ދެކުނު އިންޑިޔާއިންނާއި މިސަރަހައްދުގެ
އެހެންޤައުމުތަކުން ފެންނަމުންމިދާ ތަމަޅައިންނަކީ ޑްރިވީޑިއަން ނަޞްލުގެ
މީހުންކަމަށް ތާރީޚް ލިޔުންތެރިން ވިދާޅުވެއެވެ.