Friday, March 9, 2012

އަލްއުސްތާޒު މުޙަންމަދު ޖަމީލް ދީދީ Mohamed Jameel Didi


އަލްއުސްތާޒު މުޙަންމަދު ޖަމީލް ދީދީ
      
     އުސްތާޒުލްޖީލް އައްޝައިޚް އަލްއުސްތާޒް މުހަންމަދު ޖަމީލަކީ މާލޭ ބޮޑުގަލުގޭ މޫސާ ދީދީގެ ދަރިކަލުން ، މާފަންނު ދަރަވަންދޫގޭ ޢަބްދުﷲ ދީދީގެ ބޭފުޅެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ މާލޭ ފެންފޯއްގަނޑުވަރު ގޮމާގެ އައިމިނަތު ދީދީ އެވެ.
     އެމަނިކުފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ 16 ޖުމާދިއްޘާނީ 1333ހ. (1 މެއި 1915) ވީ ހޮނިހިރުވިލޭރޭ ފަތިހު ފުރަމާލޭ މާފަންނު ދަރަވަންދޫގޭގަ އެވެ.