Thursday, July 7, 2011

ކަންނަންނޫރު އަލީރާޖާގެ ވެރިކަން Ali Raja's Kingdom



މަލާބާރުކަރަ އާއި ކަންނަންނޫރު އަލީރާޖާގެ ވެރިކަން

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ


މަލާބާރުކަރަ އާއި ކަންނަންނޫރު
     މަލާބާރުކަރައަކީ އިންޑިޔާ ބައްރުގެ ހުޅަނގުން-ދެކުނަށް ހިމަދިގުކޮށް އޮންނަ އައްސޭރިފަށެވެ. މި ސަރަޙައްދަކީ ދެކުނު އިންޑިޔާގެ އެންމެ ފިނި ސަރަޙައްދެވެ. މި ސަރަޙައްދުގެ އިރުމަތީ ފަރާތުގައިވާ ވާދީތަކަށް ޢާންމުކޮށް ވާރޭވެހެއެވެ. ބައެއް ލިޔުންތަކުގައި އިންޑިޔާގެ ކޮންކަނުން ފެށިގެން ކޭޕްކޮމޯރިން ސަރަޙައްދާ ދެމެދުގައިވާ ހުރިހާ ހިސާބުތަކަށްވެސް މަލާބާރުކަރަ ކިޔިފައިވެއެވެ. އެހެންކަމަށް ވާނަމަ މަލާބާރުގެ އައްސޭރިފަށުގެ ދިގުމިނުގައި 845 ކިލޯމީޓަރު ހުންނާނެއެވެ.